ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވާކަމަށް ކެނެޑާއިން ދިވެހިރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ބްރޫސް ލެވީ ހާމަކޮށްފިއެވެ.
ސަފީރު ނެރުނު ބަޔާނެއްގައި ރާއްޖޭގައި ޑިމޮކްރަސީ ގެނައުމަށް ސަރުކާރުން ކުރެވެމުންދާ މަސައްކަތްތަކުގެ ބޮޑުކަން އިޙްސާސްކުރެވޭ ކަމަށާއި އެހެންނަމަވެސް މިޙާލަތުގައިވެސް އިންސާނީ ޙައްޤުތަކަށާއި ޤާނޫނުގެ ވެރިކަމަށާއި މުސްތަޤިއްލު ފަނޑިޔާރުގެއަކަށް އެންމެ މަތީ ދަރަޖައިގައި މުހިންމުކަން ދޭންޖެހޭކަން ހާމަކޮށްފައިވެއެވެ.
އަދި ހުރިހާ ފަރާތްތަކުންވެސް ބަހުގެ ޙަމަލާތަކާއި ރުޅިވެރިކަމުގެ ބަސްތައް ބަދަލުކުރުން ހުއްޓާލުމަށާއި، ޚިޔާލުތަފާތުވުން ހުރި ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...