ރާއްޖޭގެ ޚަބަރު

ދިވެހި ހުރިހައި ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު: ދިވެހި ޙައްޖު މިޝަނުގެ ރައީސް

މައްކާއިން

މިއަދު ދިއިސްލާމްގެ މުރާސިލުން ވަނީ ދިވެހި ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށާއި، ނަމަވެސް މޫސުމީގޮތުން ބައެއް ޙައްޖުވެރިންނަށް ކުޑަ ކުޑަ ރޯގާގެ އުދަނގުލެއް ދިމާވެފައިވާ ކަމަށް އައްޝެއިޚް މޫސާ އަންވަރު ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް މޫސާ އަންވަރު ވިދާޅުވިގޮތުގައި ޙައްޖުވެރިންނަށް ކުރިމަތިވެފައިވާ ރޯގާއަކީ މޫސުމީ ރޯގާއެއް ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށެވެ.

ދިވެހި ހުރިހައި ޖަމާޢަތުންވެސް މަދީނާ ދަތުރު ވަރަށް ފުރިހަމައަށް ނިންމާފައި، ޞަޙީ ސަލަމާތުން މިހާރު މައްކާއަށް އާދެވިފައިވާ ކަމަށްވެސް ހައްޖު މިޝަނުގެ ރައީސް ވިދާޅުވިއެވެ. ދެން އޮތީ ޖަމާޢަތްތަކުން މައްކާގެ ތަންތަން ބަލައިލަން ކުރާ ޒިޔާރަތް ކަމަށްވެސް ފާހަނގަ ކުރެއްވިއެވެ. އެގޮތުން، ބަލައިލަން ހަމަޖެހިފައިވާ މައިގަނޑު ތަންތަނަކީ ޢަރަފާތާއި، މިނާ، މުޒްދަލިފާއާއި، ހިރާ ފަރުބަދަ ފަދަ މުހިންމު ތަންތަން ކަމަށް ވިދާޅުވިއެވެ.

މަދަމާއިން ފެށިގެން ޖަމާޢަތްތަކުން އެތަން ތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާދަމާ މައްކާގެ ތަންތަން ބަލައިލަން ދާން ހަމަޖެހިފައި އޮތީ މަނާސިކާއި ޒަޢީމާ ޖަމާޢަތުންނެވެ. އަދި ބުރާސްފަތި ދުވަހު ޞަފާ ޖަމާޢަތުގެ ޙައްޖުވެރިންވެސް މައްކާގެ ތަންތަނަށް ޒިޔާރަތްކުރާނެއެވެ.

މީގެ އިތުރުން، އައްޝެއިޚް މޫސާ އަންވަރު ވަނީ މި އަހަރު ޙައްޖުގައި ބައިވެރިވާ ދިވެހި ޖަމާޢަތްތަކުގެ ނަންތަކާއި، އެ ޖަމާޢަތްތަކުން އައިސް އުޅޭ ޙައްޖާޖީންގެ ޢަދަދު މި ނޫހާ ހިއްސާ ކުރައްވާފައެވެ. ޖުމުލަ 10 ޖަމާޢަތަކުން 1554 ޙައްޖުވެރިން ރާއްޖެއިން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރާނެއެވެ.

 ތިރީގައި މި ހިމަނާލަނީ އެކަމުގެ މަޢުލޫމާތު ޓޭބަލެކެވެ.

1-    ޞަފާ (288 ޙައްޖުވެރިން)

2-    ސިސިލްފަރު (207 ޙައްޖުވެރިން)

3-    މަލީޝާ (205 ޙައްޖުވެރިން)

4-    ޒަޢީމާ ( 170 ޙައްޖުވެރިން)

5-    ޚައިރު (125 ޙައްޖުވެރިން)

6-    އަލްބަޓްރޮސް (125 ޙައްޖުވެރިން)

7-    ކުލަސިކް (123 ޙައްޖުވެރިން)

8-    އަތަމާ (106 ޙައްޖުވެރިން)

9-    މަނާސިކް ( 106 ޙައްޖުވެރިން)

10-  ޔޫއެސް (99 ޙައްޖުވެރިން)

ގުޅުންހުރި

1 ޚިޔާލު

  1. އަސްލު ވަރަށްއުފާވޭ ދިއިސްލާމުން ތިހާފުރިހަމަކޮށް ހައްޖުވެރިންގެ ހަބަރުތައްގެސްދޭތީ ﷲ ތިހުރިހާއެންމެންނަށް ހެޔޮޖަޒާދެއްވާށި އަދި ތިކުރާ ބުރަމަސައްކަތުގާﷲ ބަރަކާއިލައްވާށި …އާންމީން…

Your email address will not be published. Required fields are marked *