ރާއްޖޭގެ ޚަބަރު

އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން މިއަދު މަދީނާއަށް ޒިޔާރަތްކުރަނީ

އުޙުދު ހަނގުރާމާގައި ޝަހީދުވި ސަހާބީންގެ ހަށިކޮޅު ވަޅުލާފައިވާތަން ކައިރީ ދިވެހި ޙައްޖުވެރިން އެތަން ބަލާލަނީ

މައްކާއިން

އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން މިއަދު ހެނދުނު މައްކާ ގަޑިން 09.45 ގައި މައްކާއިން މަދީނާއަށް ދިއުމަށްޓަކައި ފުރައިފިއެވެ. ޙައްޖުވެރިން ދަތުރުކުރަމުންދާ ބަސްތައް މަދީނާއަށް ފޯރާނެ ކަމަށް ލަފާކުރެވެނީ މިއަދު މައްކާ ގަޑިން 3.30 ގައެވެ.

އަލްޚައިރު ޖަމާޢަތުން މަޢުލޫމާތު ދެއްވާ ގޮތުން، މިއަދު އެ ޖަމާޢަތުން މަދީނާއަށް ދަތުރު ކުރަނީ 125 ޙައްޖުވެރިންނެވެ. އަދި މަދީނާގައި 2 ދުވަސް ހޭދަކުރުމަށްފަހު އެނބުރި މައްކާއަށް އައުން އޮތީ 18 އޮކްޓޫބަރ 2011 ގައި ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.

އަދި މައުލޫމާތު ލިބޭގޮތުން، ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދަމާގެ ވަގުތެއްގައި މަދީނާއަށް ދަތުރުކުރާނެއެވެ.

މި ދަތުރުގައި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން އޮންނާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން، މަސްޖިދުއްނަބަވީގެ އިތުރުން ޤުބާ މިސްކިތާއި އުޙުދު ހަނގުރާމަ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރުން އޮންނާނެ ކަމަށްވެއެވެ.

އެހެން އަހަރު ތަކެކޭ އެއްފަދައިން ދިވެހި ޙައްޖު ޖަމާޢަތްތަކުން މަދީނާއަށް ކުރާ ޒިޔާރަތުގައި މަދީނާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ކިޔަވާ ދަރިވަރުންގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ މައުލޫމާތު އެކުދިންގެ ފަރާތުން ވަނީ މި ނޫހަށް ލިބިފައެވެ.

ފޮޓޯ: ޚައިރު ގުރޫޕްގެ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *