ރާއްޖޭގެ ޚަބަރުވިޔަފާރިދިއިސްލާމް

ބްލެކްބެރީ ފޯނާއި ބްލެކްބެރީ ޚިދުމަތް ވަތަނިއްޔާއިން ތަޢާރަފްކޮށްފި

ވަތަނިއްޔާ އާއި ރިސާޗް އިން މޯޝަން (ރިމް) ގުޅިގެން ބްލެކްބެރީ ޚިދުމަތް ރާއްޖެ އަށް މުޅިންއަލަށް ތަޢާރަފްކޮށްފިއެވެ. ބްލެކްބެރީ ފޯނާއި އެ ހިދުމަތް ތައާރަފުކޮށްދެއްވީ ރިމް އާއި ވަތަނިއްޔާގެ އިސް ބޭފުޅުން މިކަމަށްޓަކައި ރޭ ގައުމީ ދާރުލް އާސާރުގެ ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން. އެހެންކަމުން ރާއްޖޭގައި މި ހިދުމަތާއި މި އުފެއްދުންތައް ހިނގާނެ ކަމަށް ބެލެނީ،" މި ރަސްމިއްޔާތުގެ ސަރަފްވެރި މެޙެމާން ޑރ. ވަހީދު ވިދާޅުވި އެވެ.

"ރިމްއާއެކު މިއަދު މި ފެށުނު ޕާޓްނާޝިޕްގެ ދަށުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ބްލެކްބެރީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ތައާރަފުކުރެވޭތީ އަޅުގަނޑުމެން ފަހުރުވެރިވަން. މިއީ އަދި ފެށުމެއް. އަޅުގަނޑުމެން މި ބަލަނީ ބްލެކްބެރީގެ އިތުރު އުފެއްދުންތައް ވެސް ރާއްޖެ އަށް ތައާރަފުކުރަން، މިޙިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ ހިދުމަތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ" ވަތަނިއްޔާ ޗީފް އޮޕަރޭޓިން އޮފިސަރު ސްޓެފަން ސްމިތް ވިދާޅުވި އެވެ.

ވަތަނިއްޔާ އިން މިރޭ ރާއްޖެ އަށް ބްލެކްބްރީ ފޯނުގެ ތިން ރޭންޖެއް ތައާރަފު ކުރިއެވެ. އެއިގެ ތެރޭގައި  ބޯލްޑް 9900، ތައާރަފު ކޮއްފައިވެއެވެ.  ބްލެކްބެރީގެފޯނު ރާއްޖޭގެ ފޯނު މާކެޓުގައި އާފޯނެއްނޫނެވެ. މި ފޯނުތައް ވިއްކަން ހަމަޖެހިފައިވާ އަގުތައް ފަހުން އިއުލާނުކުރާނެކަމަށާއި  ބްލެކްބެރީގެ ހިދުމަތް ހަމައެކަނި ލިބޭނީ އެ ކުންފުނީގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެކަނި ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ދެން ބްލެކްބަރީގެ ފިއުޗާސް ތައް އިނގޭނެ ކަމަށް މި ލިޔުން ހުޅުވީވެސް. ވަރަށް ދެރަ

  2. ފަތުހުﷲ އެބުނިހެން ހަމަ އަޅުގަނޑުވެސް ހުޅުވީ ދޭނެ ހިދުމަތްތަކާ އެއްޗެހި އެނގޭނެ ކަމށް

  3. ވަތަނިއްޔާ ހަމަ ބެސްޓް.

  4. ވަތަނިއްޔާ އައުމުން ދިވެހިންނަށް ވަރަށް ފައިދާ ވެއްޖެ. ވަތަނިއްޔާ ނައިނަމަ މިގައުމުގެ މުވާސަލާތީ ހިދުމަތް އޮތީސް ވަރަށް ދަށުގައި.

Your email address will not be published. Required fields are marked *