ރާއްޖޭގެ ޚަބަރު

ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ އަޤްޞާ ފޯރަމް މާދަމާ ރޭ އިސްލާމީ މަރުކަޒު ހޯލުގައި ބާއްވަނީ

ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ އަޤްޞާ ފޯރަމް މާދަމާ ރޭ އިސްލާމީ މަރުކަޒު ހޯލުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެފޯރަމް އިންތިޒާމް ކުރައްވާ ފަރާތުން ދިއިސްލާމްއަށް މައުލޫމާތު ދީފިއެވެ.

މި ފޯރަމް  އިންތިޒާމް ކުރައްވާ ދިވެހި ޒުވާނުންގެ ގްރޫޕެއް ކަމަށްވާ "ފްރެންޑްސް އޮފް ޕަލަސްޓައިން"ގެ ފަރާތުން ހާމަކުރައްވާ ގޮތުގައި މި ފޯރަމަކީ ދިވެހިންގެ މެދުގައި ފަލަސްތީނާ ބެހޭ މައުލޫމާތު އިތުރުކޮށް ފަލަސްޠީނުގެ ޙާލަތު މީސްތަކުންނާ ހަމައަށް ގެނެސްދިނުމުގެ ގޮތުން ބާއްވާ ފޯރަމެއް ކަމަށެވެ. މި ފޯރަމަކީ ދިވެހިބަހުން ކުރިއަށް ދާނެ ފޯރަމެއް ކަމަށާއި، މި ފޯރަމުގައި ސުވާލާ ޖަވާބު ސެޝާނެއްވެސް ކުރިއަށް ދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިފޯރަމް ކުރިއަށްދަނީ ދިއިސްލާމްގެ ވެސް އެހީތެރިކަމާއި އެކުގައެވެ.

މި ފޯރަމް އޮންނާނީ 23 އޮގަސްޓް 2011 ވާ އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން އެރޭ 21:15 ހާޒިރުވުމަކީ މި ފޯރަމް އިންތިޒާމް ކުރައްވާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

އަލް އަޤްޞާ ފޯރަމްގެ ފޭސްބުކް އިވެންޓް

ފްރެންޑްސް އޮފް ޕަލަސްޓައިންގެ ފޭސްބުކް ޕޭޖް

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް ރަނގަޅު ކަމެއް އަސްލު ހަގީގަތުގައި ދިވެހިންނަކަށް ނޭނގޭ ފަލަސްތީނު މުސްލިމު އަހުންނާއި އުހުތުން އުޅެމުންދާ ހާލެއް

Your email address will not be published. Required fields are marked *