ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިންގ ޚިދުމަތާއި ދިމާއަށް މިސްރާބް ޖަހަން ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލްގެ 28 ވަނަ އަހަރީ ޢާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ކަމަށްވާ އިނގިރޭސިވިލާތުގެ ޕީޓާ ހޯޓަން ވިދާޅުވީ އިސްލާމިކް ބޭންކިންގެ ޚިދުމަތް ތަޢާރަފް ކުރުމަކީ އެބޭންކުގެ އަމާޒެއް ކަމަށާއި ކައިރި މުސްތަޤްބަލެއްގައި އެކަން ޙަޤީޤަތަކަށް ވާނެ ކަމަށެވެ. އިސްލާމިކް ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ވަކި ޑިޕާޓްމަންޓެއް އުފެއްދުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަން ކުރެއްވުނު ބޭފުޅުން ވެސް ވަނީ އިސްލާމިކް ބޭންކިންގ ތަޢާރަފްކުރުމަށްޓަކައި މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ބޭފުޅުންގެ ތެރޭގައި ރާއްޖެ އަށް އިސްލާމިކް ފައިނޭންސް ތަޢާރަފްކުރައްވާ އަދި އިސްލާމިކް ބޭންކް ގެނައުމަށް އިސްދައުރެއް ޢަދާކުރެއްވި ޑރ. ޢަބްދުﷲ ޝިހާމް ޙުސައިން ހިމެނެއެވެ.
ބީއެމްއެލް ހުޅުވާފައިވަނީ 11 ނޮވެމްބަރ 1982 ގައެވެ. އެ ބޭންކަށް 28 އަހަރު ވެފައިވާ އިރު އިސްލާމިކް ބޭންކިންގގެ ޚިދުމަތް ތަޢާރަފް ކުރެވިފައި ނުވާތީ ގިނަ ރައްޔިތުންތަކެއްގެ ފާޑުކިއުންތައް ބީއެމްއެލް އަށް އަމާޒްވެފައި ވެއެވެ. ބީއެމްއެލްގައި ޤާއިމްކުރާ ވަކި ޑިޕާޓްމަންޓަކުން އިސްލާމިކް ބޭންކިންގގެ ޚިދުމަތް ދިނުމަށް ކައިރި މުސްތަޤްބަލެއްގައި ފަށާނެ ކަމަށް އެބޭންކުން ބުނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ބޭންކުގެ ހުރިހާ ޑިޕާޓްމަންޓްތައް ވެސް އިސްލާމީ އުޞޫލްތަކާއި އެއްގޮތަށް ބަދަލުކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކިންގ ޚިދުމަތް ފަށާފައިވަނީ މިއަހަރުގެ މާޗް 7 ވަނަ ދުވަހު ހުޅުވުނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ. އެމްއައިބީ އަކީ ރާއްޖޭގައި ހުރި ހަމައެކަނި އިސްލާމީ ހަމަތަކުގެ މަތިން މާލީ މުޢާމަލާތްތައް ކުރަމުންދާ ބޭންކުވެސްމެއެވެ.

















ރިބާގެ މުޢާމަލާތް ކުރާ ބޭންކެއްގެ އިސްލާމިކް ބޭންކިންގ ސެކްޝަނުގައި ބައިވެރި ވުމުގެ ޙުކުމަކީ ކޮބައިބާ؟
ތީ ހަމަ މަޅިޖަހަން ވެގެން ކުރާ ކަމެއް. ދީނައް ލޯއްބެއް ހުރެގެނެއް ނޫން.
މީގެ ކުރިން ކީއްވެގެންބާ އިސްލާމިކް ބޭންކިންގ ޚިދުމަތް ނުދިނީ. މިހާރު ބީ.އެމް.އެލް ގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައި. ތިކަމުން މިހާރު ހިއެއްނުވޭ ބީ.އެމް.އެލް އަށް އެއްވެސް ފައިދާއެއް ކޮށްފާނެހެނެއް. ތިކަމުންވެސް ތަނުގެ މުވައްޒަފުން ވާނީ ޚިޔާނާތް ކަންނޭންގެ.
ވަރަށް ބޮޑު ތެދެއް!!!!! މޫސާފުޅުގެ ތި ކޮމެންޓަށް ތާއީދުކުރަން!!!!