އަޅުގަނޑު މި ވީޑިއޯގައި މި ހުށަހަޅާލަނީ ތިޔަބޭފުޅުންނަށް ޤުރުއާނުގެ ތަރުޖަމާ ދިވެހިބަހުން އޮންލައިންކޮށް ވިދާޅުވެވޭނެ އަދި 25 ޤާރީންގެ ކިޔަވާވިދާޅުވުން އަޑުއައްސަވާލެވޭނެ ގޮތެކެވެ.
އޮފީސް ވަގުތުގައިވެސް ކީރިތި ޤުރުއާން ކިޔާލެވޭނެ އަދި އަޑުއައްސަވާލެވޭނެ ވަރަށް ފަސޭހަ ވެބްސައިޓްއެކެވެ. ޤުރުއާން ކިޔަވަސް ދަސްކުރާކުދިންނަށްވެސް ބޭނުން ތެރި ވެބްސައިޓްއެއްކަމަށް އުންމީދުކުރަމެވެ. http://tanzil.net










4 ޚިޔާލު
ވަރަށް ރަނގަޅު!
މިސައިޓް ގައި ވާ ޢަރަބި ޓެކްސްޓްގައި އުނދަގޫތަކެއްވާތީ މިސައިޓް އިން ޤުރްއާން ކިޔވުން ރަނގަޅީ ތަޖްވީދުގެ ޢިލްމު ވަރަށްބޮޑަށް އެނގޭ ބޭފުޅުންނެވެ. ބައެއްކަހަލަ އަކުރު މަދުވުމާއި ގުޅިގެން ޢަންމު މީހަކު އެ ބަލައިގެން ކިޔާނަމަ ކިޔޭނީ ނުބައިކޮށޭވެ. ވީމާ ޤުރްއާން ނުބައިކޮށް ކިޔެވުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭކަމެއް ކަމުން ސަމާލުވުމަށްޓަކައި މިވާހަކަ ކިޔުންތރިންގެ ސަމާލު ކަމށްޓަކައި ޙިއްސާ ކޮށްލީމެވެ. އަދި ފަސޭހައިން ބަލާލުމަށް ޓަކައި ކުޑަމިޘާލެއްވެސްދެމެވެ.
ބަޤަރާސޫރަތުގެ 25 އަ 26 ވެސް ބަލާލާށެވެ 25 ވަނަ އާޔަތު ފެށޭއިރު إنَّ اللهَ لا يُحْىِ ކިޔާފަ ދެން އެއިނީ ޔާއެކެވެ، ނުވަތަ މައްދެކެވެ، އެކަމކު އެޔާ ނެތިއްޔާ މީހުން ކިޔާނީ ޔާގަ އިބިފި ޖަހާފަ ނުދަމައެވެ. ތަންކޮޅެއް އައިދައިގެ ގޮތަށް ބުނަނީ ނމަ ބުނެވޭނީ 2 ޔާ އިންނަން ޖެހޭނެ ވާހަކަ އެވެ، މިކަހަލަ ވަރަށް ގިނަ އަކުރު މީގައިނެތެވެ. ޝުކުރިއްޔާ ، = އިރަބިޤާ =
http://www.allahsquran.com/learn/
އިރަބިޤާ ގެ ތިޔަ ހިޔާލަށް ވަރަށް ބޮޑަށް ސުކުރިއްޔާ!. ތިޔަކޮމެންޓަށްވެސް ތަންޒީލް.ނެޓްގައި ހައްލުއެބަވޭ. އަކުރުތަށް އެގޮތަށް އެފެންނަނީ އަރިމަތިން ޤުރުއާން ޖަހާފައިވާ (ޓެކްސްޓް؟) ޓްރާންސްލޭޓްއާއި ޑިސްޕްލޭ އޮޕްޝަންގެ ދޭތެރޭގައިވާ ޤުރުއާން ގޮޅި، މިބައިން (އުތަމާނީ) ނަގާފައިވާތީވެ. ހައްލަކީ އެބައިން (ސިމްޕލް) މިބައި އިހްރިޔާރު ކުރުމެވެ. ސިމްޕްލް އިން ކިޔަން އުންދަގޫބޭފުޅުން އެބައި އިހްތިޔާރު ކުރެވިދާނެއެވެ.
ތަފާތު: ސިމްޕަލްގައި ލިޔެވިފައިވާގޮތަކީ:::::: إِنَّ اللَّـهَ لَا يَسْتَحْيِي أَن
އުތަމާނީގައި ލިޔެވިފައިވާގޮތަކީ ؛؛؛؛؛؛؛؛؛؛؛ إِنَّ ٱللَّـهَ لَا يَسْتَحْىِۦٓ أَن
ސުކުރިއްޔާ!އިރަބިޤާ ތިޔަފާހަގަ ކުރެއްވި ސުވާލަށް ޖަޥާބް ދެވިއްޖެ ކަމުގައި އުންމީދު ކުރަން.