ރާއްޖޭގެ ޚަބަރު

ބިން ފުރޭހައި ރަން

ލިޔުނީ: ޢަބްދުﷲ ނަސީމް

ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ  أُولَـٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّاصِرِينَ
"ހަމަކަށަވަރުން، كافرވެ، އަދި كافرން ކަމުގައިތިބެ މަރުވި މީހުން ބިންފުރޭހައި ރަނުން فديةދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސްއެކަން قبولނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذابހުށްޓެވެ. އަދި، އެއުރެންނަށް نصرދޭނޭ އެއްވެސްބަޔަކު ނުވެއެވެ". (ސޫރަތުލް އާލްއިމްރާން 91)

مِّلْءُ الْأَرْضِ– ބިން ފުރޭހައި

ﷲ އަށް ކާފަރުވެ އެގޮތުގައި މަރުވެދާ މީހުންގެ ކިބައިން ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ. އެއީ ބިން ފުރޭހައި ރަނުން ފިދްޔަ ދިންކަމުގައި ވިޔަސް މެއެވެ.

ބިން ފުރޭނީ ކިހާވަރަކުން ބާއެވެ؟
•    ބިމުގެ ވޮލިޔުމް އަކީ ގާތްގަނޑަކަށް1,083,206,246,123,080,894,852(އެއް ސެޕްޓިލިއަން، އަށްޑިހަ ތިން ސެކްސްޓިލިއަން، ދުއިސައްތަ ހަ ކުއިންޓިލިއަން، ދުއިސައްތަ ސާޅީސް ހަ ޓްރިލިއަން، ސަތޭކަ ތޭވީސް ބިލިއަން، އަށްޑިހަ މިލިއަން، އަށްސަތޭކަ ނުވަދިހަ ހަތަރު ހާސް އަށްސަތޭކަ ފަންސާން ދެ)މީޓަރ ކިއުބެވެ.
•    ދުނިޔޭގެ ބަރުދަނަކީ ގާތްގަނޑަކަށް 598,000,000,000,000,000,000,000,000 ކިލޯ ގްރާމެވެ.
•    ރަން އައުންސެއްގެ އަގަކީ 802.70 ޔޫ އެސް ޑޮލަރެވެ.
އެހެންކަމުން ދުނިޔޭގެ ބަރުދަނުގެ ރަނުގެ އަގަކީ ގާތްގަނޑަކަށް 165,000,000,000,000,000,000,000,000,000ޔޫ އެސް ޑޮލަރެވެ.
މި ފައިސާއިން:-
-    100 ފެރާރީ (އެއްޗެއް 168000 ޔޫ އެސް ޑޮލަރ)
-    ދުނިޔޭގެ އެންމެ އަގު ބޮޑު ގެތަކުގެ ތެރެއިން ގެޔެއް (155 މިލިއަން ޔޫ އެސް ޑޮލަރ)
-    އެއަރ ބަސް 380Aގެ ޑަބަލް ޑެކަރ މަތިންދާ ބޯޓެއް (300 މިލިއަން ޔޫ އެސް ޑޮލަރ)
-    މިލޭނިއަމް ސްޓަރ ޑައިމަންޑެއް (100 މިލިއަން ޔޫ އެސް ޑޮލަރ)
-    ހަނދަށް ދަތުރެއް ކޮއްލުން (100 މިލިއަން ޔޫ އެސް ޑޮލަރ)
-    އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން އެއް (100 ބިލިއަން ޑޮލަރަށް)
މި ހުރިހާ ތަކެތި ގަތުމަށް ފަހު، ދުނިޔޭގެ އުޅޭ 6 ބިލިއަން މީހުންގެ ތެރެއިން ކޮންމެ މީހަކަށް، މި ހުރިހާ ތަކެތި ގަނެ ދިނުމުންވެސް އެފައިސާ އިން އުނިވާނީ އެންމެ 0.000000366 ޕަސެންޓެވެ.
އަދި މަތީގައި އިސްވެ ދިޔަ ކަންތައް 1 މިލިއަން ފަހަރު ތަކުރާރު ކުރުމުންވެސް އެ ފައިސާގެ 97 ޕަސެންޓް ބާކީ ހުންނާނެއެވެ.
އެހެންކަމުން އެއީ 65 އަހަރު ވަންދެން ދުނިޔޭގަ އުޅުނު މީހެއްގެ ދުނިޔޭގައި އުޅުނު ކޮންމެ ސިކުންތަކަށް 200 ބިލިއަން ޔޫ އެސް ޑޮލަރު ލިބުން ފަދަ ކަމެކެވެ.
އަހަރުމެން މިދައްކަނީ ތަޞައްވަރު ކޮއްލަންވެސް އުނދަގޫ އަދަދު ތަކެއްގެ ވާހަކައެވެ. މި ދުނިޔޭގައި ހުރި އެކަކު އަތުގައި ވެސް މިހާ ބައިވަރު ރަން ހުންނާނެ ހެއްޔެވެ؟ ނުވަތަ އެއްވެސް މީހަކަށް މިހާ ވަރަށް ފައިސާ އެއްކުރެވި ދާނެ ހެއްޔެވެ؟
މިވާހަކަތަށް މިދެއްކީ މޮޅު ވާހަކައެއް ދެއްކުމަކަށް ނޫނެވެ. ކާފަރު ކަންމަތީގައި މަރު ވެގެންދާ މީހަކު ފިދުޔައެއްގެ ގޮތުގައި ބިން ފުރެންދެން ރަން ދިން ކަމުގައި ވިޔަސް ﷲ އެކަން ޤަބޫލެއް ނުކުރައްވާނެތެވެ. އެހެން ކަމުން މިކަމުން އަހަރެމެން ފިލާވަޅު ލިބިގަންނަމާ ހިނގާށެވެ! އީމާން ކަމަކީ އެއަށް ވުރެ މާ ބުރަދަން ހުރި އެއްޗެކެވެ. ބިން ފުރޭހާ ރަނަށް ވުރެ އަގު ބޮޑު އެއްޗެކެވެ. އަގު ނުވެސް ކުރެވޭނެ އެއްޗެކެވެ. އެހެން ކަމުން އަހަރުމެންނަށް ދެއްވާފައި މިވާ އީމާން ކަމުގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުން ހިފަމާ ހިނގާށެވެ!
އަހަރުމެންނީ ﷲ އަށް ޙައްޤު ވެގެންވާ ގޮތުގައި ބިރުވެތިވެ މުސްލިމުން ކަމުގައި ވާ ޙާލު މަރުވެގެންދާ ބަޔަކު ކަމުގައި ލައްވާށި! އާމީން

ގުޅުންހުރި

1 ޚިޔާލު

  1. mashaa allahh… v furihama…

Your email address will not be published. Required fields are marked *