މުސްލިމުން އުޅެމުން ދާ ގޮތަށާއި، މުސްލިމުން ގެންގުޅޭ އުސޫލުތަކަށް އިހުތިރާމް ކުރުމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކަށް ވަނުމުގައި މިސްކިތްތަކުގެ މަތިވެރިކަން ދަމަހައްޓާ މުސްލިމުންގެ ސަގާފަތަށް އިހުތިރާމް ކުރުމަށް ރާއްޖޭގެ ހުންނަވާ އިނގިރޭސި ސަފީރަށް ގޮވާލާ ކަމަށެވެ.
ޑރ. ޝަހީމް މިފަދައިން ގޮވާލާފައި މިވަނީ، ސަރުކާރުގެ ހުއްދަ އާއި އެކު އިސްލާމީ މަރުކަޒުގެ ތެރެއަށް ބުރުގާ ނާޅާ އަންހެނުންތަކެއް ވަނުމުގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިސްލާމީ މަރުކަޒަށް އައުރަ ނިވާ ނުކޮށް ހުރެ ސަފީރު ކެރޮން ރޮސްލާ އާއި އިތުރު އަންހެނުންތަކެއްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި މިނިސްޓްރީގެ ބައެއް ފަރާތްތަކާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
ރާއްޖޭގައި އަމަލުކުރަމުންދާ ގަވާއިދުގައިވާ ގޮތުން އައުރަ ނިވާނުކޮށް ތިބެ މިސްކިތްތަކަށް ވަނުމަކީ މަނާކަމެކެވެ.
Raajjeyge miskiythakah vanumuga Miskiythakuge mathiverikan dhamahattai Muslimunge Saqaafathah ihuthiraam kurumah raajjeyga hunnavaa ingireysi safeerah govaalan. @UKinMaldives
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2022
ނަމަވެސް އެ ގަވާއިދުތައް މުގުރާލައިފައި އައުރަ ނިވާނުކޮށް ތިބި އަންހެނުންތަކަކަށް މިސްކިތަށް ވަނުމުގެ ފުރުސަތު ސަރުކާރުން ދިނުމުން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

















ޚިޔާލު