އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް ހެދުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފިއެވެ.
އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ މިކޯސް އެއްއަހަރު ދުވަހުން ފުރިހަމަ ކުރެވޭނެއެވެ.
ވިލާ ކޮލެޖުން ބުނީ މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފަރުމާކުރެވިފައި ވަނީ އިސްލާމް މުޤައްރަރަށް އައިބަދަލުތަކާއިއެކު މަތީސާނަވީ ފެންވަރަށް ކިޔަވައިދެވޭނެ ޤާބިލު މުދައްރިސުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
މިކޯހުގެ ތެރެއިން އިސްލާމް އަދި ޤުރުއާން ޢިލްމުގެ އިތުރުން އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުން ހިފަންޖެހޭ އުސޫލުތަކާއި ހުނަރުތައް އަދި ސްކޫލް ފެންވަރުގައާއި، ޢަމަލީ މައިދާނުގައި ޢިލްމީ ދިރާސާ ކުރުމުގެ ޤާބިލުކަން މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ފުރިހަމަ ކުރުމުން ލިބިދެވޭނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.
ވިލާ ކޮލެޖުން ހިންގާ ކޯސްތަކުގެ އިތުރު މައުލޫމާތު 3303200 އިން ލިބޭނެއެވެ.

















ޚިޔާލު