މިރޭގެ މަޣްރިބް ނަމާދަށްފަހު ޖަމާޢަތް ހެދުމަކާއި ނުލައި ނަމާދު ކުރުމަށް މާލެ ސަރައްދުގެ މިސްކިތްތައް ޢާއްމުކޮށް ހުޅުވާލައިފިކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
މާލެ ސަރައްހައްދުގައި ހިމެނޭ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މިސްކިތްތައް މިރޭ މަޣްރިބް ނަމާދަށްފަހު ޢާއްމުކޮށް ހުޅުވާލި ނަމަވެސް މިސްކިތްތަކުގެ ރަސްމީ ޖަމާޢަތް ފެށުމަށް އަދި ނިންމަވާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 (ނޮވެލް ކޮރޯނާ) ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ
ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން، 14 ޖޫން 2020 ވާ އާދިއްތަ ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މި ވަގުތު ރާއްޖޭގައި ފުރަބަންދު ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައިހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނު ށްފައިވާ ރަށެއްގައި މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ވަނީ ނިންމައިފައިކަމަށެވެ.
އަދި ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި ގްރޭޓާރ މާލެ ޞަރަޙައްދު ފުރަބަންދުގެ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސަރަޙައްދުގައިވާ މިސްކިތްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކުރެވިފައިކަމަށާއި ނަމަވެސް އަދުގެ ޙާލަތަށް ރިޢާޔަތްކޮށް އެކިމަރުޙަލާތަކަށް ބަހާލައިގެން ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާތީ، މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާޢަތް ހެދުމަކާނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (HPA) އާއި، ޓެކްނިކަލް އެޑްވައިޒަރީގްރޫޕް (TAG) ޓީމާއި، ދީނީ ޢިލްމުވެރިން މި މިނިސްޓްރީއަށް ލަފާދެއްވާފައިވާތީ، 14 ޖޫން 2020 ވާ އާދިއްތަ ދުވަހު (މިއަދު) ގެ މަޣްރިބު ނަމާދުން ފެށިގެން ގްރޭޓާރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ،
ތިލަފުށި، ގުޅިފަޅު) ގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމުގައި ދަންނަވާކަމަށެވެ.
މިގޮތުން މިސްކިތްތައް ހުޅުވާލާއިރު ސިޓީކައުންސިލުން އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- ޙާލަތުގައި އެއަރކޯނު ބޭނުން ނުކުރުން
މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަ
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން
މިގޮތަށް މިސްކިތްތައް ހުޅުވާލިކަމުގައި ވީނަމަވެސް އިމާމާ މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރާގޮތަށް ހަމަޖެހިފައިނުވާތީ، އިމާމުން ބަންގީގެ ފަހުގައި "هގޭގައި ނަމާދުކުރުމަށް" މިފަދައިން 2 ފަހަރު ގޮވުމަށް ދަންނަވަމެވެ.
އަދި މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތްކުރެވިގެން ކަނޑައެޅިފައިވާ މިންގަނޑުތަކެއްކަމަށާއި ނަމަވެސް ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގައި މަރުޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ޙާލަތަށް ރިޢާޔަތްކޮށް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކަޑައަޅައިފި ޙާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާ ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމުގައި ދަންނަވާފައިވެއެވެ.
މިދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށާއި، ހެޔޮޢަމަލުތައް ގިނަކޮށް، މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުން އެދި މާތް ގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކޯށޤފައިވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އިސްލާމީ އެހެން ބައެއް ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސްވަނީ މާލެ ސަރަޙައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަރުޟު ނަމާދުތައް ޖަމާޢަތުގައި ނުކުރުމަށް ނިންމާފައެެވެ. މިގޮތތަށް އެމިނިސްޓްރީން ފުރަތަމަ އަންގާފައިވަނީ މިދިޔަ މާޗްމަހުގެ 18ވަނަ ދުވަހުންފެށިގެންނެވެ.
ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ބަދަލުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ މުޖުތަމަޢުގައި ބަލި ފެތުރެން ފެށުމާއެކު މާލެއާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން އަންގާފައެވެ. އަދި ތިން ފަހަރެއްގެ މަތިންވަނީ މިމުއްދަތު އިތުރުވެސް ކޮށްފައެވެ.
މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ މެއިމަހުގެ 23 ވަނަ ދުވަހު ދީފައެވެ.

















ޚިޔާލު