ކޯވިޑް 19 އާއި ގުޅިގެން އޯއައިސީއިން ރާއްޖެއަށް ހިލޭ އެހީއާއި، ކުއްލި އެހީގެ ލޯނެއް ހަމަޖައްސަވާ ދެއްވައިފިއެވެ.
މިއަދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ) އިން ކުރެއްވި ޓްވީޓެއްގައިވާ ގޮތުން، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯރޕަރޭޝަން (އައިޓީއެފްސީ) އިން ވަނީ ދިވެހިރާއްޖޭގެ އެސްޓީއޯއަށް 15 މިލިއަން ޔޫއެސް ޑޮލަރުގެ (231.30 މިލިޔަން ރުފިޔާގެ) ލޯނެއް ހަމަޖައްސަވާދެއްވާފައެވެ. އައިޓީއެފްސީއިން ވިދާޅުވާ ގޮތުގައި މިއެހީތެރިކަން ފޯރުކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ މައިގަނޑު ކާބޯތަކެއްޗާއި، ބޭހާއި، ބޭސް ފަރުވާއަށް ބޭނުންވާ އާލަތްތައް ގަތުމަށެވެ.
އެސްޓީއޯއިން ވިދާޅުވާ ގޮތުގައި މިލޯނުގެ އިތުރުން، އައިޓިއެފްސީއިން ވަނީ އިމަޖެންސީ ސިއްޙީ އާލަތްތައް ހޯދުމަށް ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވެފައެވެ. އެސްޓޯއީއިން ވިދާޅުވާ ގޮތުގައި މިއެހީގެ ސަބަބުން ރާއްޖެއިން ކޯވިޑް 19 އާއި ދެކޮޅަށް ކުރާ ހަނގރާމައަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
The International Islamic Trade Finance Corporation (#ITFC) provides the State Trading Organization (@stoplc ), #Maldives with US$15 million to procure staple food, medicine & medical equipment during #COVID19 pandemic as well as a grant to source emergency medical equipment. pic.twitter.com/pXmEVnqqjF
— OIC (@OIC_OCI) May 20, 2020
"އައިޓީއެފްސީއިން އެސްޓީއޯއަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން ރިސްކްތައް ދެނެގަތުމަށާއި ސްކްރީން ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ. މީގެ އިތުރުން މި ފަންޑިންގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ." އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގް ޑީރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ވިދާޅުވެފައިވެއެވެ.
އައިޓީއެފްސީއަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަންގެ (އޯއައިސީގެ) މެންބަރު ޤައުމުތަކުގެ މެދުގައި ޓްރޭޑް ސޮލިއުޝަން ފޯރުކޮށްދީ، އެޤައުމުތަކުގެ ވިޔަފާރި ކުރިއެރުވުމަށް އުފެއްދުނު އޯގަނައިޒޭޝަނެކެވެ. ދިވެހިރާއްޖެ ވަނީ 1976 ވަނަ އަހަރު އޯއައިސީގެ މެންބަރު ޤައުމެއްގޮތަށް އެއޯގަނައިޒޭޝަނާއި ގުޅިފައެވެ.

















ޚިޔާލު