ރާއްޖޭގެ ޚަބަރު

"ނަބަވީ މަދްރަސާ"ގެ ނަމުގައި ޑރ. ޝަހީމްގެ ސިލްސިލާ ޕްރޮގްރާމެއް

"ނަބަވީ މަދްރަސާ"ގެ ނަމުގައި ޑރ. ޝަހީމްގެ ހާއްސަ ސިލްސިލާ ޕްރޮގްރާމެއް ލައިވްކޮށް ދިއިސްލާމް ފޭސްބުކް ޕޭޖުން މިއަދުން ފެށިގެން ގެނެސްދެވޭނެއެވެ.

ރަމަޟާން މަހާއި ގުޅިގެން ދިއިސްލާމް ފޭސްބުކް ޕޭޖް މެދުވެރިކޮށްގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ލައިވްކޮށް ގެނެސްދެއްވާ މިހާއްސަ ސިލްސިލާ ޕްރޮގްރާމްއަކީ ނަބިއްޔާ މުހައްމަދު ﷺ  ހަޔާތްޕުޅުން ލިބިދޭ ފިލާވަޅުތަކާއި ބެހޭ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.

"ނަބަވީ މަދްރަސާ މިޕްރޮގްރާމްގައި އަޅުގަނޑު ގެނެސްދިނުމަށް މިތައްޔާރުވަނީ ނަބިއްޔާ މުހައްމަދު ﷺ ގެ ހަޔާތްޕުޅުން ލިބިދޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށް. އަޅުގަނޑުމެން މުސްލިމުން އެމާތް ނަބިއްޔާގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަންނަން ޖެހޭ އެތައް ކަމެއްވޭ. އެކަންކަމުން އަޅުގަނޑުމެން ޖެހޭ ފިލާވަޅު ލިބިގަންނަން. ނަބަވީ މަދްރަސާއިން މިއަދުވެސް ޖެހޭ އުނގެނި ދަސްކުރަން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު މާލޭގަޑިން 4:00 ގައި ފަށާ މިޕްރޮގްރާމް ވީހާވެސް ގިނަ ބަޔަކު ބަލައި މީގެން ފައިދާ ހާސިލްވާނަމަ މިޕްރޮގްރާމް ހުށައެޅުމުގެ މަޤްސަދު ހާސިލްވީއެވެ.

ދިއިސްލާމްގެ ފޭސްބުކް ޕޭޖް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *