ރާއްޖޭގެ ޚަބަރު

މުޅި ރާއްޖޭގައިވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އަންގައިފި

މުޅި ރާއްޖޭގައިވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖޭގައިވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟް ނަމާދުތަކާއި، ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އަންގާ" ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ނަސޭހަތްތެރިވާ" ކަމަށް ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން އަންގާފައިވަނީ މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށެވެ. މިފަދައިން ޢަމަލުކުރުމަށް ރާއްޖޭގެ ހުރިހާ އިމާމުންނަށްވެސް މިހާރުވަނީ އަންގާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *