ހއ. އުތީމު ޣާޒީބަންޑާރައިން ސްކޫލު ޖީ.ބީ.އެސް އޮންލައިން ޤުރުއާން މުބާރާތެއް ފަށައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކޮވިޑް 19 ގެ ސަބަބުން ދަރިވަރުން ގޭގައި ތިބޭ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، މި ޙާލަތުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިފައިވާ ހިތް ނުތަނަވަސްކަމާއި މާޔޫސްކަމުން އަރައިގަތުމަށް އެހީތެރިވެދިނުން ކަން އެ ސްކޫލުން މައުލޫމާތުދެއެވެ.
ޣާޒީބަންޑާރައިން ސްކޫލުގެ ޖުމުލަ 70 ދަރިވަރަކުވަނީ މި މުބާރާތުގައި ބައިވެރިވެފަައެވެ. އަދި މިމުބާރާތުގައި ދަރިވަރުން ބައިވެރިވެ ކިޔަވަމުން ގެންދާނީ ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.

އެގޮތުން މުބާރާތުގެ އުމުރުފުރާތައް 4 ބަޔަކަށް ބަހާލެވިފައި އެވެ. އެ އުމުރުފުރާތަކަކީ:
- ފައުންޑޭޝަން ސްޓޭޖް
- ކީސްޓޭޖް 1
- ކީސްޓޭޖް 2
- ކީސްޓޭޖް 3 އަދި 4
މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ. މިމުބާރާތް އިންސާފުކުރުމަށްޓަކާ ފަޑިޔާރުން ކަނޑައަޅާފައިވަނީ ޣާޒީބަންޑާރައިން ސްކޫލުންނެވެ.

















ޚިޔާލު