ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 ގައި ފޭސްބުކް ލައިވް މެދުވެރިކޮށް ދީނީ ދަރުސް ދެއްވަން ފައްޓަވައިފިއެވެ.
ޖަމުޢިއްޔަތުއް ސަލަފްގައިވެސް އިސްކޮށް ހަރަކާތްތެރިވެލައްވާ ޝައިޚް ސަމީރުއަކީ އާއްމުކޮށް ސަލަފްގެ މިސްކިތު ދަރުސްތަކުގައި މާލޭގައި ސިލްސިލާ ދަރުސްތައް ދެއްވަމުން އަންނަ ޝައިޚެއްކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް 19 ގެ ނުރައްކާ ބޮޑުވެ މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ގުޅިގެން ސަލަފްގެ މިސްކިތު ދަރުސްތައްވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.
ޝައިޚް އަޙްމަދު ސަމީރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ދަރުސްތައް ދެއްވަމުން ގެންދަވާއިރު ފޭސްބުކް މެދުވެރިކޮށް ހުށައަޅާ ސުވާލުތަކަށްވެސް ދަރުސްގެ ތެރެއިން ޖަވާބުދެއްވަމުން ގެންދަވައެވެ.

















ޚިޔާލު