ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުނާއި އުހުތުންނަށް ފިނިމޫސުމުގައިއެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާކުރުމުގެ ހަރަކާތެއް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ކުރިޔަށް ގެންގޮސްފިއެވެ.
އެޖަމިއްޔާއިން ހާކުރި ގޮތުގައި 29 އޮކްޓޫބަރު 2019އިން ފެށިގެން 22 ޑިސެމްބަރު 2019 އަށް ކުރިޔަށް ގެންދިޔަހަރަކާތުން 1800 ކޭސް މަސްދަޅު ހަމަކުރެވިފައިވެއެވެ. މިއީ އެއްކޮންޓެއިނާއެވެ. ދިވެހިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށްދޭ މަސްދަޅުގެ މިހަދިޔާބެހުމަށް ހަމަޖެހިފައިވަނީ، އިންސާނީ އެހީދޭ ތުރުކީގެ ޖަމިއްޔާ އެއް ކަމުގައިވާ، އިންސާނީ ޔަރްދިމް ވަޤުފީ (އައިއެޗްއެޗް) މެދުވެރިކޮށެވެ. މިގޮތުން މަސްދަޅުކޭސްތައްމިހާރު ގުދަން ކުރެވިފައި ވަނީ އެޖަމިއްޔާ އިން ތުރުކީގައި ޤާއިމްކޮށްފައިވާ ގުދަނެއްގައިކަމަށް އެފަރާތުން ބުނެއެވެ.
އެންމެ ފުރަތަމަ މަސްދަޅު ބެހުމަށް ނިންމާފައި އޮތީ، ފިނިމޫސުމުގައި ކަމަށް ވީނަމަވެސް، މިމަސްދަޅު ކޮންޓެއިނާ އެޤައުމަށް ފޯރާފައި ވަނީ ފެބުރުވަރީމަހު، ސަބަބަކީ ފެތުރެމުންދާ ކޯވިޑް-19 ރޯގާގެ ސަބަބުންނާއި، ސިއްހީގޮތުން ބޭނުންވާ ލިޔެކިޔުންތައް ލިބުމުގައި ދިމާވި ދަތިތަކަކުން
އެޖަމިއްޔާއިން ބުނެފައިވެއެވެ.
ކުރިން މަސްދަޅު ބަހަން ނިންމާފައި އޮތީ ފިނިމޫސުމާއި ދިމާކޮށް ކަމުގައި ވީނަމަވެސް، ފިނިމޫސުންވެސް ނިމުމަކަށް އައުމާއި ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުގައި ވާތީ، މަސްދަޅު މިހާރު ބެހުމަށް ހަމަޖެހިފައިވަނީ މި ރޯދަމަހާއިގުޅިގެން ކަމަށް މަޢުލޫމާތުދެއެވެ.

ސީރިއާގައި ދަތި ހާލުގައި ދިރިއުޅެމުންދާ އަޚުންނާއި އުޚުތުންނަށް ދިވެހިރައްޔިތުންގެފަރާތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި އޭ ސީ) ގެ ފަރާތުން މި ރަމަޟާންމަހާއި ދިމާކޮށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. ހާއްސަގޮތެއްގައި ދުނިޔޭގައި ފެތުރިގެން މިދާ ކޯވިޑް-19 ރޯގާޔާއި ގުޅިގެން ބޭނުންވާމުހިންމު އެހީތައް ފޯރުކޮށްދިނުންހިމެނޭކަމަށް އެޖަމިއްޔާއިން ބުނެއެވެ. އިތުރު މަޢުލޫމާތު އައި އޭ ސީ ގެހޮޓްލައިން 9122121 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

















ޚިޔާލު