ރާއްޖޭގެ ޚަބަރު

މިއީ ރާއްޖޭގެ ޒަކާތު ފަންޑު ފުޅާ ދާއިރާއެއްގައި އޮޕަރޭޓު ކުރަންވީ ވަގުތު: ޑރ ޝަހީމް

Miee Raahjeyeg Zakathu Fund FuLhaa Dhaairaaehgai Oparate Kuranvi Vaguthu:Dr Shaheem

މިއީ ރާއްޖޭގެ ޒަކާތު ފަންޑު ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރަންވި ވަގުތު ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގެ އިޤްތިޞާދަށް ކުރަމުން އަންނަ އަސަރާއި ގުޅިގެން ޢާންމު ރައްޔިތުންގެ ދިރިއުޅުގެ ޙާލަތަށް ކޮށްފައިވާ އަސަރާއި ގުޅިގެން ޓްވިޓަރގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މިޓްވީޓާއި ގުޅިގެން މިޙާލަތާއި ގުޅުންހުރި ޒަމާނީ ފިޤްހުން ނެގެން ހުރި ހުކުމްތަކެއްވަނީ ވިދާޅުވެދެއްވާފައެވެ.
ޑރ ޝަޙިމްގެ މިޓްވީޓްތަށް ފައްޓަވާފައިވަނީ މިއީ ރާއްޖޭގެ ޒަކާތު ފަންޑު ފުޅާ ދާއިރާއެއްގައި އޮޕަރޭޓު ކުރަންވީ ވަގުތު ކަމަށް ވިދާޅުވެއެވެ. އިތުރަށް ލިޔުއްވާފައިވެއެވެ. ވަޒީފާތަކުން ވަކިވާ މީހުންނާއި، ދަތިކޮށް އުޅޭ ޢާއިލާތަކާއި ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މުސްލިމުންނަށް އެހީވާންވީ ވަގުތެވެ. މިސްކިތް ފަންޑުންވެސް މިސްކިތްތަކާއި ގުޅޭ ކަންކަމުގައި އެހީވެވޭނެއެވެ.

އަދި އިތުރަށް ކުރަށްވާފައިވާ ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ. ކާރިސާތަށް މެދުވެރިވުމުން، އަފްރާދުންގެ ޟަރޫރީ ޙާޖަތްތަކުގެ ގިނަކަން ސާފުވެއެވެ. ވީމާ، މިޒަމާނުގައި އެފަދަ ކަންކަން ފޫބެއްދުމަށް ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތު ފަންޑުން އިންވެސްޓުކޮށް ފައިސާ އިތުރުކޮށް ދާއިމީ ފަންޑަކަށް ހަދަންޖެހެއެވެ. މިޒަމާނުގެ ފިޤްހީ އިހްތިޖާޖަކީ އެއީއެވެ.

ދެން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ "މުދަލު ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ވަގުތާއި ޙާލަތާއި ޙާޖަތަށް ބަލައި ތަރަށްޤީކޮށް ފުޅާކުރެވޭނެ ނިޒާމެއްގޮތަށް އޮތް ހަމައެކަނި ރުކުންނެވެ. މިހެން ކަމުން މިޒަމާނުގައި ޒަކާތު ނިޒާމު ތަރައްޤީ ކުރެވިއްޖެނަމަ މުޅި މުޖުތަމަޢަށް ފައިދާ ކުރާނެއެވެ" މިހެނެވެ.

އަދިވެސް ހަމަ މިކަމާއި ގުޅިގެން ލިޔުއްވާފައިވެއެވެ. "އިބްނުއް ސަބީލް (ދަތުރުގައި ޙާލުގައި ޖެހުނުމީހާ) މިއީ މާތްﷲ ކަނޑައަޅުއްވާފައިވާ ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން 8ވަނަ ބައެވެ. ޖާއިޒުކަމެއްގައި އެހެން ޤައުމަކަށް ގޮސް ހުއްޓައި ކާރިސާގެ ސަބަބުން، ލޮކްޑައުން ކޮށްފައިވުމުން، ދަތިވެ އެހީތެރި ކަމަށް އެދޭ މީހާއަށް ޒަކާތުން ޙައްޤުވާނެއެވެ."

ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް ޤައުމުގެ އެކި އެކި ޙާލަތްތަކާއި ގުޅިގެން ފިޤްހީ އަދި ޒަމާނީ ފިޤްހީ ޙުކުމްތަށް ބުނެދެއްވާ ޢިލްމު ވެރިއެއްގެ ގޮތުގައި ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ފާހަގަ ކުރެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *