މޯލްޑިވްސް އިސްލާމިކް ބޭންކު(އެމްއައިބީ)ގައި އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމު އޮންލައިންކޮށް ހުށައެޅޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެކައުންޓް ހުޅުވަން އެދޭ ފޯމު މިހާރު އެބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެ ކަމަށް އެބޭންކުން މަޢުލޫމާތު ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމްއައިބީ އިން ދޭ ބައެއް އެހެނިހެން ޚިދުމަތްތަށް ވެސް އޮންލައިކޮށް ދޭގޮތަށް އެބޭންކުން މިވަނީ ހަމަޖައްސަވާފައެވެ.
އެބޭންކަށް ފޮނުވާ ސިޓީ، އިންވޮއިސް، ނޯޓިސް އަދި އެހެނިހެން ޑޮކިޔުމެންޓު ތަށްވެސް އީމެއިލް ގެ ޒަރިއްޔާއިން ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މިކަން މިގޮތަށް ހަމަޖައްސަވާފައިވަނީ މިހިނގާ މަރޗް މަހުގެ 23ވަނަ ދުވަހުން ފެށިގެން އެބެންކުން ވަކި ގޮތެއް އަންގަންދެން ކަމަށް އެމްއައިބީއިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުންރުން މިދުވަސްވަރު ޚިދުމަތްތަކަށް އޮންލައިން ކޮށް ފައިސާ ދެއްކުމަށާއި އޮންލައިންކޮށް ޓްރާންސެކްޝަންތައް ހެދުމަށް އެމްއައިބީގެ ފައިސާ ނެޓް އަދި ފައިސާ މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އެބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ނުރައްކާތެރި ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ޚިދްމަތްތަށް ހޯދުމަށް ތަންތަނަށް ޖަމާނުވެ ގޭގައި ތިބެން ޚިދްމަތް ހޯދުމަކީ އެންމެ ބުއްދެވެރި ގޮތެވެ.
ޚިޔާލު