ރާއްޖޭގެ ޚަބަރު

ސިމެންތި ބަސްތާވެއްޓުނު ހާދިސާ ހިނގި ސައިޓްހުރީ ޤަވާއިދާ އެއްގޮތަށޭ ބުނެފައެއް ނުވާނެ: ޕްލޭނިންގ މިނިސްޓްރީ

ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓް އަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ސައިޓެއް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް، ވަގުތު.އެމްވީ އަދި މިއަދު.އެމްވީގައި 20 ޑިސެމްބަރު 2018 ވަނަ ދުވަހު ޝާއިޢުކުރި ޚަބަރަކީ ހަގީގަތާ ހިލާފު، ދޮގު ޚަބަރެއްކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 20 ޑިސެމްބަރު 2018 ވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމާއި މިނިސްޓްރީގެ އެހެން އޮފިޝަލަކު ވެސް އެފަދަ ސްޓޭޓްމެންޓެއް ދެއްވާފައެއް ނުވާނެ ކަމަށާއި ދޮގު ހަބަރު ފަތުރާއި ރައްޔިތުންނަށް ޚަޤީގަތް އޮޅޭފަދަ މައުލޫމާތު ގެނެސްދިނުމަކީ ތަހުޒީބު އަމަލެއް ނޫން ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން އެފަދަ ދޮގު ޚަބަރެއް ވަގުތު.އެމްވީ އާއި މިއަދު.އެމްވީގައި ޝާއިޢުކުރެއްވުމަކީ އެފަރާތުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި އެކަމަކީ ނޫސްވެރިކަމުގެ މިންގަނޑުތަކާއި އުސޫލްތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ އެމިިނިސްޓްރީއާއި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކުން ގެންދަނީ ކޮންސްޓްރަކްޝަން ސައިޓުތަކަކީ، މަގުމަތި ބޭނުންކުރާ ފަރާތްތަކަށާއި އެ ސައިޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސަލާމަތްތެރި އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *