ރާއްޖޭގެ ޚަބަރު

ހާޟިރީގެ ފުލަށް މިފަހަރުވެސް ސިޔާމް

ރައްޔިތުން މަޖްލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ނިންމާލާ ޙާޟިރީ ރިޕޯޓް އާއްމުކުރިއިރު މިދައުރުވެސް މަޖްލީހުގެ ޖަލްސާތަކަށް އެންމެ މަދުން ޙާޟިރުވެފައިވަނީ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދުކަން ހާމަވެއްޖެއެވެ.

އެގޮތުން މިދައުރުގެ 23 ޖަލްސާއެއް ބާއްވާފައިވާއިރު ސިޔާމް ޙާޟިރުވެފައިވަނީ 9 ޖަލްސާއަށެވެ. 14 ޖަލްސާއަށް ޙާޟިރެއް ނުވެއެވެ.

ސިޔާމްއާއެކު މިފަހަރު ޙާޟިރީގެ ފުލަށްދެން ދިޔައީ ތުޅާދޫ ދާއިރާގެ މެމްބަރ ނާޒިމް ރަޝާދުއެވެ. އެގޮތުން ނާޒިމްވެސް 14 ޖަލްސާއަށް ޙާޟިރުނުވާއިރު ހާޟިރުވެފައިވަނީ 9 ޖަލްސާއަށެވެ.

މީދޫ ދާއިރާގެ މެމްބަރ މިއަހަރުވެސް ފާހަގަކުރެވިފައިވަނީ މަޖްލީހުގެ ޖަލްސާތަކަށް އެންމެ މަދުން ޙާޟިރުވާ މެމްބަރެއްގެ ގޮތުގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވި 11 ޖަލްސާގެ ތެރެއިން 9 ޖަލްސާއަކަށް ޚާޟިރުވެފައި ނުވާއިރު 2 ވަނަ ދައުރުގެ އެއްވެސް ޖަލްސާއަކަށް ޙާޟިރެއް ނުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *