ނ. މަނަދޫ ކަނޑިންމަ މައްޗަށް މާލެ ދަތުރުކުރާ ބޯޓެއް އުރި ގެއްލުންތަކެއް ވެއްޖެއެވެ.
ރޭފަތިހު 4:15 މަނަދޫ ފަޅުތެރެއަށް ވަންނަން އުޅެނިކޮށް އުރިފައިވަނީ ނ.މާޅެންދޫ ޕެލިކަން ނަމަކަށް ކިޔާ ބޯޓެކެވެ. އުރުނުއިރު ބޯޓުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ގިނަ އަދަދެއްގެ މީހުންވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
މަނަދޫ ރައްޔިތުންނާއި، ޕޮލިހާއި ކޯސްޓްގާރޑް ގުޅިގެން ބޯޓުގައިތިބި މީހުން ސަލާމަތުން މަނަދުއަށް ގެންގޮސްފައިވާއިރު ބޯޓުގައި ހުރި މުދާތައް ސަލާމަތް ކުރެވޭތޯވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވި މަނަދޫ ރައްޔިތަކު ބުނީ ބޯޓުގެ ބޮޑު ބައެއް ލޮނުވަދެ އަޑިއަށް ގޮސްފައިވާ ކަމަށާއި އެއްކޮށް އަޑިއަށް ނުގޮސްއޮތީ ބޯޓު ބީހިފައި އޮތުމުގެ ސަބަބުންނެވެ. ބޯޓު އުރެންދިމާވީ ބޯޓު ފަޅަށް ވަންނަން ކަނޑިންމަ މަތީގައި އުފެދިފައިހުރި ބޮޑެތި ރާޅުތަކުގެ ސަބަބުން ކަމަށް އެފަރާތުން ބުނެއެވެ.

















ޚިޔާލު