ރާއްޖޭގެ ޚަބަރު

މަރުގެ އަދަބެއް ރާއްޖޭގައި ތަންފީޒެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

65 އަހަރު ވަންދެން މަރުގެ އަދަބު ތަންފީޒުކުރުން ރާއްޖޭގައި ހުއްޓާލާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ފޮރިން އެފެއަރޒް މިނިސްޓްރީއިން ބުނެފިއެވެ.

އެގޮތުން ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ޤަރާރުގެ ދެލި ކޮޕީއަށް ރާއްޖޭން އާނބަސް ބުނެ ވޯޓު ދޭން ނިންމާފައިވާ ކަމަށެވެ.

މިޤަރާރުގެ ދެލިކޮޕީއަށް ރާއްޖޭން ވޯޓު ދޭން ނިންމިކަން އިއުލާންކުރީ ސްވިޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށް ދާ އދ.ގެ އިންސާނީ ހައްޤުތަކުގެ ކޮމިޝަންގެ ސެޝަންގައެވެ. މި ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ ގިނަ އަހަރުތަކެއް ފަހުން، އެ އަދަބު އަލުން ތަންފީޒު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި އެކަމަށްޓަކައި ޤާއިމްކުރަން ޖެހޭ ވަސީލަތްތައް ވެސް ވަނީ މާފުށީ ޖަލުގައި ޤާއިމްކޮށްފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އެ އަދަބު ތަންފީޒެއް ނުކުރެއެވެ.

މަރުގެ އަދަބު ދިނުމަށް ޝަރުއީ ހުރިހާ މަރުހަލާތަކުން ހުކުމް އިއްވާފައިވާ ތިން މީހަކު މި ވަގުތު ވެސް ޖަލުގައި އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ޤާތިލް ހުސައިން ހުމާމް އަހްމަދާއި ވަކީލު އަހްމަދު ނަޖީބްގެ ޤާތިލް އަހްމަދުގެ މުއްރަތާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ޤާތިލު މުހައްމަދު ނަބީލެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *