ޕީސް ފައުންޑޭޝަންއިން ކުރިއަށް ގެންދާ "ކީ ޓު ސަކްސަސް" ވޯރކްޝޮޕް މިއަދު މެންދުރުފަހު ފަށައިފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވި އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ފެށި ވޯރކްޝޮޕްގައި 52 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މިރޭގެ 10:30 ގެ ނިޔަލަށް ވޯރކްޝޮޕްގެ ސެޝަންސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ކުރިއަށްދާ މިވޯރކްޝޮޕް ނަންގަވައި ދެއްވަނީ ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އައްޝައިޚް އައްޝައިޚް އަބޫ އުސާމާ އައްތަހާބީއެވެ.
ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ޤުރުއާނާއި ސުންނަތުގެ އަލީގައި މިވޯރކްޝޮޕްގައި ކިޔަދެއްވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއެވެ.

















ޚިޔާލު