މުދަލު ޒަކާތް ވާޖިބުވާ ނިޞާބު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
އެގޮތުން މީރާއިން ހާމަކޮށްފައިވާ ގޮތުގައި 2 ސެޕްޓެމްބަރ 2018 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 4861.15 (ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަނަރަ ލާރި) އެވެ.
މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.
މިފަހަކަށް އައިސް މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ހުސްވި ޖުލައިމަހުވެސްވަނީ މުދަލު ޒަކާތުގެ ގޮތުގައި 2280873 ރުފިޔާ ދައްކާފައެވެ.

















ޚިޔާލު