ޑީޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑް މިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފައިވާ ގޮތަށް 1439 ވަނަ އަހަރުގެ ފިޠުރު ޢީދަށް ހަނދުބެލުން މިރޭ އޮންނާނެއެވެ.
އެގޮތުން ޝައްވާލު މަހުގެ ހަނދު ދުށް ބަޔަކު ނުވަތަ މީހަކު ހެކިބަސް އަދާކުރުމަށް މިއަދު ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓޫތަކާއި ސިޓީ ކައުންސިލް އިދާރާތަކާއި އަވަށު އޮފީސްތައް ހުޅުވާފައި ހުންނާނެ ކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.
މާލޭގައި ނަމަ ހެކިބަސް އަދާކުރާނީ ކޯޓެއްގެ ގާޒީއެއްގެ ކުރިމަަތީގައެވެ. އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނަވާ މީހެއްގެ ކުރިމަތީގައި ހަނދާއި ގުޅޭގޮތުން ހެކިބަސް އަދާކުރެވޭނެކަމަށް ޑީޖޭއޭއިން ބުނެއެެވެ.
ހަނދު ސާބިތުކުރުމަށް އައުމާ ދިއުމުގެ ޓެކްސީ ޚަރަދު ޑީޖޭއޭއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

















ޚިޔާލު