ރާއްޖޭގެ ޚަބަރު

ތަރާވީޙުގައި ގިނައިރު ކޮޅަށްތިބޭ ފަރާތްތަކަށް ޑރ ޝާންގެ ހަދިޔާއެއް

ތަރާވީޚު ނަމާދުގައި ގިނައިރު ކޮޅަށްތިބޭ ފަރާތްތަކަށް، މަޤްބޫލު ކަށީގެ ޑޮކްޓަރ،  ޑރ ޝާންގެ ފަރާތުން އިރުޝާދުތަކެއް ދެއްވައިފިއެވެ.

ޑރ ގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރައްވާފައިވާ ގޮތުން ތަރާވީޙް ނަމާދުފަދަ ގިނައިރު ކޮޅަށްހުންނަން ޖެހޭ ނަމާދުތަކުގައި ކޮޅަށް ހުންނައިރު ހަށިގަނޑު ތެދަށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެގޮތުން ޑރ ޝާން ވިދާޅުވެފައިވަނީ ނަމާދުގައި ހުންނައިރު ހަށިގަަނޑު ރީއްޗަށް ތެދުނުކޮށް ، އުނަގަނޑު ފިތޭހެން ވަރަށް ގިނަމީހުން ހުންނަތަން ފެންނަކަމަށާއި މިގޮތަށް ގިނައިރު ހުރުމުގެ ސަބަބުން މައިބަދައަށް ގެއްލުންވެ ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެހެންކަމުން ޑރ ޝާން ވިދާޅުވެފައިވަނީ މިގޮތަށް ހުންނައިރު ރަނގަޅު ގޮތަކީ ބަނޑު އެތެރެއަށް ހިފާލާ ބަނޑުގެ މަސްތައް ބޭނުންކޮށްގެން މައިބަދަ ހިފަހައްޓާލުމެވެ. އަދި ކަރުގައި ރިއްުސުންފަދަ ކަންކަމުން ދުރުވުމަށް ބޮލުގެ ބަރުކަން ވީހާވެސް ފަހަތަށް ވާގޮތަށް ބެހެއްޓުމަށް ޑރ އިރުޝާދު ދެއްވާފަވެއެވެ. މިގޮތަށް ހުރެވޭނީ ދަތްދޮޅި ވިހާވެސް ގަޔާ ކައިރިއަށް ގެނައުމުން ކަމަށް ޑރ ވިދާޅުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *