ރާއްޖޭގެ ޚަބަރު

ޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ ބާތިލް ކޮށްފި

އައްޝައިޚް އަލީ ޒައިދުއަށް ދީނީ ނަސޭހަތާއި ދަރުސް ދިނުމަށް ދީފައިއޮތް ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބާތިލްކޮށް ދަރުސް ދިނުން މަނާކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޝައިޚް އަލީ ޒައިދުއަށް ދީނީ ނަސޭހަތާއި ދަރުސް ދިނުމަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލް ކޮށްފައިވާ ކަމަށެވެ.

ޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށްފައިވާއިރު މިދިޔަ ހަފްތާގައި ފޭސްބުކްގައި ޝައިޚް ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ކޮންމެވެސް ކަމެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި "މިކަމުގައި އުޅޭ މީހުން، ﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރި ވެފަައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *