ރާއްޖޭގެ ޚަބަރު

އެޑިއުކޭޝަނުން ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާދިއުމާއި ގުޅޭގޮތުން ޢިލްމުވެރިން މަޝްވަރާކޮށްފި

ދީނީ ދަރުސްތަކާއި ދީނީ އެކިއެކި ހަރަކާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ހުރަސް އަޅަމުންދާ ދިއުމާއި ކަންބޮޑުވުން ފާޅުކޮށް އެކަންކަމާއި ގުޅޭގޮތުން ކުރެވޭނެ ކަންކަމާމެދު ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކޮށްފިއެވެ.

މިގޮތުން ޖަމިއްޔަތުއް ސަލަފްއިން އިސްނަގައިގެން މިރޭ އެޖަމިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ރާއްޖޭގެ ދީނީ ދައުވަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުމުގައި ރާއްޖޭގެ އެކި ރަށްރަށަށް ދީނީ ޢިލްމުވެރިން ވަޑައިގެން ދަރުސްތައް ބޭއްވުމަށް އެރަށްރަށުގެ ސްކޫލްތައް ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ މިންވަރާއި އެކަންކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުން ހުރިހާ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެޑިއުކޭޝަންގެ މިއަމަލުތައް ކުށްވެރިކޮށް މިކަންކަމާއި ދެކޮޅަސް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ސްކޫލް ހޯލްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން ދަރުސް އޮންނަތަން ބަދަލުކޮށް ނުވަތަ ދަރުސް ކެންސަލް ކުރަންޖެހުމުގެ ޝަކުވާތައް މިފަހަކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިރަމަޟާންމަހު 4 ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުމީދޫ ސ. އަތޮޅުމަދަރުސާގައި ބޭއްވުމަށް މަސައްކަތްކުރި ޝައިޚް ސަމީރުގެ ދަރުހެއްވެސްވަނީ ސްކޫލްގެ ހޯލް ހޯދުމަށްއެދުމުން އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަނުލިބުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *