ރާއްޖޭގެ ޚަބަރު

ޑރ މަޖީދުގެ ހާލު ސީރިއަސްވެ މިވަގުތު އޮންނެވީ ވެންޓިލޭޓަރގައި

ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހާލުކޮޅު ވަރަށް ސީރިއަސްވެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

މިދިޔަ ހުކުރުދުވަހު ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއްޖެހި ހާލު ސީރިއަސްވުމާއެކު ޑރ މަޖީދުއަށް އަންނަނީ ލަންކާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ޑރ. މަޖީދުގެ އޮޕަރޭޝަންތަކެއް ވެސް ކޮށްފައިވާއިރު ދަރިކަލުން އަހުމަދު ފިރާސް ފޭސްބުކްގައި ވިދާޅުވެފައިވަނީ ބައްޕަގެ ހާލު ސީރިއަސްކަަމަށާއި އެންމެހައި ބޭފުޅުންވެސް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ މަޖީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް އެފެއަރޒް މިނިސްޓަރެވެ. އަދި އަދާލަތު ޕާޓީގެ އެއް މުއައްސިސްވެސް މެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *