ރާއްޖޭގެ ޚަބަރު

މާދަމާ ރޯދަ، ރަމަޟާން ކަރީމް

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅައިފިއެވެ.

ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށް އެމިނިސްޓްރީއިން މިރޭ ބޭއްވި ޖަލްސާއަށްފަހު އިއްވި ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިބަޔާން މެދުވެރިކޮށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުވަނީ ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ރާއްޖެއިން މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު ސައުދީ އަރަބިޔާ، އިންޑޮނޭޝިއާ، މެލޭޝިޔާ އަދި ޔޫއޭއީ ފަދަ ޤައުމުތަކަށް ރޯދަމަހުގެ އެއްވަނަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހެވެ.

ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިއިސްލާމްގެ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *