ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން މާލޭގެ 12 މިސްކިތެއްގައި މިރޭގެ އިޝާ ނަމާދަށްފހު ދަރުސްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 12 ދަރުސްވެސް ގައި ރަމަޟާންމަހާއި ގުލޭ ގިނަ ދަރުސްތަކެއް ލިބިގެން ދާނެ ކަމަށެވެ.
ޖަމިއްޔަތުއް ސަލަފްގެ ޢިލްމްވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ދަރުސް ދެއްވާނީ ފުރުޤާން މިސްކިތުގައެވެ. އަދި ޢިލްމުވެރިންގެ މަޖްލިސް މެމްބަރ އައްޝައިޚް މުޙައްމަދު ޝިނާން ޠައިބާ މިސްކިތުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާއިރު ޢިލްމުވެރިންގެ މަޖްލިސް މެމްބަރ އައްޝައިޚް އަބްދުއްސަލާމް ދާއޫދު ދަރުސް ދެއްވާނީ ވިޔަފާރިވެރިންގެ މިސްކިތުގައެވެ.
މީގެ އިތުރުން ދަރުސް ތައް ދެއްވާނެ ޢިލްމްވެރިންނާއި ދަރުސް ދިނުމަށް ހަމަޖެހިފައިވާ މިސްކިތްތައް:
- އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ޖަލާލުއްދީން މިސްކިތުގައި
- އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ޞަލާހުއްދީން މިސްކިތުގައި
- އައްޝައިޚް މުހައްމަދު މުޞްތަފާ ބަރުބަރީ މިސްކިތުގައި
- އައްޝައިޚް މުޙައްމަދު މަންސޫރު ޒިކުރާ މިސްކިތުގައި
- އައްޝައިޚް މުހައްމަދު ޝާހިދު ނޫރު މިސްކިތުގައި
- އައްޝައިޚް އަބްދުﷲ މިފްޒާލް އިސްކަންދަރު މިސްކިތުގައި
- އައްޝައިޚް އިބްރާހިމް ރަޝީދު ހަސަަން އިބްރާހިމީ މިސްކިތުގައި
- އައްޝައިޚް ޝިހާމް މުހައްމަދު ފަނޑިޔާރު މިސްކިތުގައި
- އައްޝައިޚް ނިމާލް މުޙައްމަދު ޝަހީދު އަލީ މިސްކިތުގައި
މިދަރުސްތަކުގެ ތެރެއިން ފުރުޤާން މިސްކިތުގައި ޝައިޚް ސަމީރު ދިނުމަށް ހަމަޖެހިފައިވާ ދަރުސް ފޭސްބުކް މެދުވެރިކޮށް ޖަމިއްޔަތުއް ސަލަފްގެ ޕޭޖުން ލައިވް ކުރާނެކަމަށް އެފަރާތުން ބުނެއެވެ.
މިދަރުސްތައް އަޑު އެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

















ޚިޔާލު