ރާއްޖޭގެ ޚަބަރު

އަޞްރުގެ ނަމާދު ވޯރކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަލް އަޞްރުގެ ފަރާތުން ކުރިއަށް ގެންދާ “ލޯ ތަކުގެ ފިނިކަން” ނަމާދު ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި މެއި މަހުގެ 04 އަދި 05 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ލޯ ތަކުގެ ފިނިކަން” ނަމާދު ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިވޯރކްޝޮޕްގައި 15 އަހަރުން މަތީގެ ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެފަރާތުން ބުނެއެވެ.

ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، އުފަން ތާރީޚާއި، ގުޅޭނެ ނަންބަރާއި މިހާރު ދިރިއުޅޭ ގޭގެ ނަމުގެ އިތުރުން އީމެއިލް އައިޑީއާއެކު 7925277 ނަންބަރަށް އެސްއެމްއެސް ނުވަތަ ވައިބަރއިން މެސެޖް ކުރުމުން ރަޖިސްޓްރީވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުންވެސް އޮންލައިންކޮށް ރަޖިސްޓްރީ ވުމުގެ ފުރުޟަތުވެސް ވަނީ ހުޅުވާލާފައެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ -/300 ރުފިޔާ އެވެ.

އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް:
https?/tinyurl.com/coolness2018

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއާއި އެޔޫނިއަންގެ ގޮތްޕެއް ކަމަށްވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯއާއި ގުޅިގެން ކުރިއަށް ގެންދާ މިވޯކްޝޮޕް އޮންނާނީ އެމްއެންޔޫ ބިޒްނަޒް ސްކޫލްގެ އޮޑިޓޯރިއަމް ގައެވެ.

މިފަހަރުގެ ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމްއާއި އައްޝައިޚް ނިމާލް މުހައްމަދުއެވެ.

މިއީ ނަމާދުގެ މުހިއްމުކަމާއި ނަމާދުކުރާނެ ޞައްހަގޮތް ބަޔާންކޮށްދީ ނަމާދުން ލިބިދޭ ފައިދާތައް އުނގަންނައި ދިނުމަށް ސިލްސިލާކޮށް އެޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *