ރާއްޖޭގެ ޚަބަރު

ޙިރާ ސްކޫލްގެ އައު ޢިމާރާތުގެ ބިންގާ އަޅައިފި

ޙިރާ ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ބުރާސްފަތި ދުވަހު ހިރާ ބިމުގައި ކުރިއަށްދިޔަ ބިންގާ އެޅުމުގެ ރައްމިއްޔާތުގައި ސްކޫލުގެ ހުރިހައި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރީންގެ އިތުރުން ޙިރާ ފައުންޑޭޝަންގެ ބައެއް މެންބަރުންވަނީ ބައިވެރިވެވަޑައި ގެންފައެވެ.

މި ބިންގާ އެޅުމުގައި އެންމެ ފުރަތަމަ ކޮންކްރީޓް އަޅާފައިވަނީ އިސްކޫލަށް އެންމެ ފުރަތަމަ ވަން ކުދީންގެ ތެރެއިން މިހާރު އިސްކޫލުގައި ކިޔަވަމުންދާ ކުދީންނެވެ. އެއަށްފަހު އިސްކޫލުގެ މެނޭޖުމެންޓުގެ ބޭފުޅުންނާއި ފައުންޑޭޝަންގެ ބޭފުޅުންނާއި ބެލެނިވެރީންގެ އިތުރުން އިސްކޫލުގެ ހުރިހައި ކުދީން ޢަމަލީގޮތުން ބައިވެރި ވެފައިވެއެވެ.

ހިރާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި ޢާއްމުކޮށް ބިންގާއެޅުން ގެންދާ ގޮތާ ޚިލާފަށް ބިންގާ އެޅުން ކުރިއަށް ގެންދިޔައީ ސްކޫލުގެ ޢާއިލާގެ އެންމެހައި މެންބަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އަދި ހިތަދޫ ލިންކް ރޯޑް ސަރަހައްދުން ލިބުނު ބިމުގައި ހަދާ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލަަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެން ދާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން ގެންދާ ޙިރާ ސްކޫލަކީ 2009 ވަނަ އަހަރު ހުޅުވުނު ސްކޫލެކެވެ. މިސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގުރޭޑު 7އާ ހަމައަށް މިހާރު ކިޔަވައިދެއެވެ. މިސްކޫލުގެ އަމާޒަކީ އޭލެވެލް އާ ހަމައަށް ކިޔަވައި ދިނުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *