ރާއްޖޭގެ ޚަބަރު

ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާވެސް އިތުރުކޮށްފި އެވެ.

މިދެކޯޓަށް ފަނޑިޔާރުން ހޯދަން މިދިޔަ ޖެނުއަރީމަހު ޖޭއެސްސީން ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަމަވާ ގޮތަށް އޮތްނަމަވެސް ފަހުންވަނީ އެމުއްދަތު މިމަހުގެ 21 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މިފަހަރު އެ މުއްދަތު ޖޭއެސްސީން އިތުރުކުރީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ހޯދަން އިޢުލާނުކޮށްފައިވަނީ ދެ ފަނޑިޔާރުންނެވެ.

ޖެނުއަރީމަހު ކުރި އިއުލާނުގައި ހައި ކޯޓަށް ތިން ފަނޑިޔާރުން ހޯދަންވެސް އިއުލާންކޮށްފައި ވެއެވެ. މުއްދަތު ހަމަވި އިރު، އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހަސަން އަލީ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި މަގާމަށް އައްޔަން ކޮށްފަ އެވެ. ހަސަން އަލީވަނީ ކުރިން ހައިކޯޓުގެ ރަޖިސްޓްރަރގެ މަޤާމްވެސް ފުރުއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *