މިމަސް ތެރޭގައި ރާއްޖެއާއި މިޔަންމާ އަދި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ފަތުރާފައިވާ ޚަބަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާޜުން ދޮގުކޮށްފިއެވެ.
މިކަން ދޮގުކޮށް ޤައުމީ ދިފާޢީ ބާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާއާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިނުވާ ކަމަށާއި އަދި ކުރިއަށް އޮތް ތާނުގައި ވެސް އެފަދަ ތަމްރީންތަކެއް ހިންގުމަށް ތާވަލްކޮށްފައި ވެސް ނުވާ ކަމަށެވެ.
މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި މިފަދަ ތަމްރީންތަކެއް ކުރިއަށް ރާވާފައިވާ ކަމަށްބުނެ ޓައިމްސް އޮފް އިންޑިއާއިން ފެތުރި ޚަބަރާއި ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައްވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މިޔަންމާގައި ހިންގަމުންދާ އަނިޔާޥެރި ޢަމަލުތަކާއި ގުޅިގެން ދިވެހިރާއްޖެއިންވަނީ އެޤައުމާއެކު އޮތް ވިޔަފާރީގެ ގުޅުންވެސް ކަނޑާލާފައެވެ.

















ޚިޔާލު