ޖަމިއްޔަތުއް ސަލަފްއިން މިރަމަޟާންމަހު ކުރިއަށް ގެންދާ ސަލަފް ފޯރަމްގެ ދެވަނަ ފޯރަމް މާދަމާރޭ އޮންނާނެއެވެ.
މާދަމާރޭ 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިފޯރަމް އޮންނާނީ އަރަބިއްޔާ ސްކޫލް ހޯލުގައެެވެ.
ސެކިއުލަރިޒަމްގެ ހަޤީގަތާއި ގުޅޭގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިފޯރަމްގައި ވާހަކަދައްކަވާނީ ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމްއާއި އެޖަމިއްޔާގެ ނައިބް ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީ އެވެ.
މިފޯރަމް ފޯރަމް ރޭޑިއޯ އެޓޯލް، ވީއެފްއެމް އަދި ރޭޑިއޯ ސަލަފްއިން ލައިވްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުންވެސް މިފޯރަމް ލައިވްކުރަމުން ގެންދާނެއެވެ.

















ޚިޔާލު