މ ސުރާ މަންޒިލް، ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ގެ ޚަރަދުގައި ރ ކިނޮޅަހުގައި އިމާރާތްކޮށްދިން މަސްޖިދުލް އިސްމާއިލް ވަގުތީގޮތުން ހުޅުވައިފިއެވެ.މިސްކިތް ވަގުތީ ގޮތުން ހުޅުވާފައިވަނީ މިދިޔަ ހުކުރުދުވަހުގެ ހުކުރުނަމާދަށެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތުދެއްވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވީ މިމިސްކިތަކީ ގަލްފް ކްރަފްޓްގެ އެހީތެރިކަމާއެކު ހާމިދު އިސްމާއީލް އަމިއްލައަށް ވަރަށް ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކޮށްދެއްވި މިސްކިތެއް ކަމަށެވެ.
އެއްފަހަރާ 600 މީހުންނަށްވުރެ ގިނައިން ނަމާދުކުރެވޭ މިމިސްކިތަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ އިމާރާތްކުރުމަށް ޚަރަދުވެފައިވާ ކަމަށް އަހުމަދު ފާހަގަކުރެއްވެވިއެވެ.
2012 ވަނަ އަހަރު ބިންގާ އެޅުނު މިމިސްކިތް އިމާރާތްކޮށްފައިވަނީ ހިނަވާ ގެއަކާވެސް އެކުގައެވެ. އެގޮތުން ހިނަވާގޭގައި އެއްފަހަރާ ދެމައްޔިތުން ހިނެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މިސްކިތުގައި ނުނިމިހުރި ކުދިކުދި މަރާމާތްތައް ނިންމާ ވަރަށް އަވަހަށް ރަސްމީކޮށް މިސްކިތް ހުޅުވިގެންދާނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

















ޚިޔާލު