ރާއްޖޭގެ ޚަބަރު

އިހްޔާ ފޯރަމްތަކުގެ ސްޕޮންސަރަކަށް އެސްޓީއޯ

ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބާއްވާ ފޯރަމުގެ މި އަހަރުގެ ޖަލްސާތައް ސްޕޮންސާ ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއން އެސްޓީއޯއާއިއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަހްމަދު ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، އެސްޓީއޯއަކީ އިސްލާމިކް މިނިސްޓްރީން ހިންގަމުން އަންނަ ތަފާތު ގިނަ ޕްރޮގްރާމްތަކަކަށް އަބަދުވެސް އެހީތެރިކަމާ އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ހަރަކާތްތަކަށް އެސްޓިއޯއިން ޚާއްޞަ އަހައްމިޔަތު ކަމެއް ދެއްވަމުން އަބަދުވެސް އަންނަކަމުގައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ފޯރަމްތައްވެސް ސްޕޮންސަރ ކޮށްފައިވަނީ އެސްޓިއޯއިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *