ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުން ގެންދާ ސްރީ ލަންކާގައި ދިވެހި ހުތުބާއާ އެކު ފުރަތަމަ ފަހަރަށް ދިވެހިން މިއަދު ހުކުރުނަމާދު ކުރާނެއެވެ.
ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިއީ ސޯސަންވިލާގައި ދިވެހި ޚުތުބާއާ އެކު ދިވެހިން ހުކުރުނަމާދު ކުރާ ފުރަތަމަ ފަހަރެވެ. ސޯސަންވިލާގައި މީގެ ކުރިން ވަނީ އީދު ނަމާދުގައި ދިވެހި ޚުތުބާ ކިޔައިފަ އެވެ.
މިކަމާއި ގުޅޭގޮތުން އެސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޝީދު އާދަމް ވިދާޅުވި ގޮތުގައި ދިވެހި ޚުތުބާއާ އެކު ލަންކާގައި ހުކުރުނަމާދު ކުރާނީ މި ރޯދަމަސް ނިމެންދެންނެވެ. އެކަމަކު ރޯދައިގެ ފަހުން ވެސް ސޯސަންވިލާގައި ކުރާ ހުކުރުނަމާދުގައި ދިވެހި ޚުތުބާ ކިޔުމާ މެދު ވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯސަންވިލާގައި ކުރެވޭ ހުކުރު ނަމާދު އިމާމްވެ ކޮށްދެއްވާނީ އެމްއެންޑީއެފްގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހައްމަދު ޝައްފާހް ކަމަށާއި އެބޭފުޅާއަކީ އިމާމްވެ ހުކުރުނަމާދު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅެއްކަމަށްވެސް އަބްދުއްރަޝީދު ވިދާޅުވިއެވެ.
ސޯސަންވިލާގައި އިއްވާނީ އިސްލާމިކް މިނިސްޓްރީން ނެރޭ ހުކުރު ޚުތުބާއެވެ.

















ޚިޔާލު