ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ރަމަޟާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި ފަށައިފިއެވެ.
އެސްޓީއޯ ސުޕަމާޓުގައި މިއަދު މި ސޭލް ފަށައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާނެވެ.
އެސްޓީއޯ އިން ބުނީ ހާއްސަ ޑިސްކައުންޓްތަކެއް މި ޕްރޮމޯޝަންގައި ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ސުޕަމާޓުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ބުންޏެވެ.
ޕްރޮމޯޝަންގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެއް އަހަރުގެ މުއްދަތަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭނެ ވައުޗަރެއް ލިބޭނެއެވެ. އޭގެ އިތުރުން ކޮންމެ ހަފްތާއަކުވެސް ހޮވާލެވޭ ނަސީބުވެރި ތިން ފަރާތަކަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭނެ ވައުޗަރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މިއަހަރު އެސްޓީއޯގެ ރަމަޟާން ބާޒާރު ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

















ޚިޔާލު