ރާއްޖޭގެ ޚަބަރުވިޔަފާރި

ދެލައްކަ ރުފިޔާގެ ތަކެތިނެގޭ ޕްރޮމޯޝަނެއް އިސްލާމިކް ބޭންކުން ފަށައިފި

ދެލައްކަ ރުފިޔާގެ އަގުހުރި ތަކެތި ނެގޭގޮތަށް އިސްލާމިކް ބޭންކުން ރަމަޟާން ޕްރޮމޯޝަން ފަށައިފިއެވެ.

މިޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ ސަންފުރަންޓް ލިވިންގައި ބޭއްވި ހަފްލާއެއްގައެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިންގް އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ، މި ޕްރޮމޯޝަނުގެ ދަށުން، އިސްލާމިކް ބޭންކުގެ ސްކީމުގެ ދަށުން ދެ ލައްކަ ރުފިޔާއާ ހަމައަށް މުދާ ނެގޭނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރީލް އެކަކުން ފެށިގެން އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.

މިޕްރޮމޯޝަންގެ ދަށުން ނަގާ ތަކެއްޗަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު ތިން އަހަރު ދުވަހަށް އިތުރު ކޮށްފައިވާއިރު މި ސްކީމުގެ ދަށުން ތަކެތި ނެގޭނީ، އިސްލާމިކް ބޭންކާ އެކު އެއްބަސްވެފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. އަދި ވިޔަފާރި ކުރެވޭނީ ބޭންކާ އެކު އެކަމުގެ އެއްބަސްވުންތައް ހަދާފައިވާ ވިޔަފާރިތަކުންނެވެ.

މިސްކީމުގެ ދަށުން ތަކެތި ނެގޭނީ މަދުވެގެން 4،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނަމައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *