ރާއްޖޭގެ ޚަބަރު

ޖަމިއްޔަތުއް ސަލަފުގެ ވަފުދެއް މައްކާއަށް

ސައުދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީގެ މައްކާގެ ގޮތްޕެއް ކަމަށްވާ المكتب التعاوني للدعوة والإرشاد وتوعية الجاليات بجنوب مكة ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް، ޖަމިއްޔަތުއް ސަލަފްގެ ވަފްދެއް މިއަދު މައްކާއަށް ފުރާނެއެވެ.

މިދަތުރާ ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ މި ދަތުރަކީ ޢިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ޙިއްޞާކުރުމަށް ކުރާ ދަތުރެއް ކަމަށާއި މިދަތުރުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ އަދި ފަންނީ ދާއިރާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ހިންގާ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝައިޚް އަބްދުﷲ އިތުރަށް ވިދާޅުވީ މިދަތުރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ތަކެއް ކުރާނެ ކަމަށާއި މިދަތުރުގެ ސަބަބުން ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިވެ ދައުވަތުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މިދަތުރުގައި ދިނީ، ތައުލީމީ، ޝަރުއީ، ނޫސްވެރިކަން ފަދަ އެކިއެކި ދާއިރާތަކުގައި ހަރަކާތްތެރިވާ 25 މީހަކު ބައިވެރިވާނެއެވެ.

މިވަފްދުގެ ދަތުރުތައް ނިންމާލުމަށްފަހު މާލެއައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *