ރާއްޖޭގެ ޚަބަރު

ހައްޖު ކޯޕަރޭޝަނުން ބަލި މީހުންނަށް ޒަމްޒަމް ފެން ހަދިޔާކޮށްފި

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިތިބި ބަލިމީހުންނަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ޒަމްޒަމް ފެން ހަދިޔާ ކޮށްފިއެވެ.

މިއީ ހައްޖު ކޯޕަރޭޝަންގެ ތިންވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމުގައި އެފަރާތުން މައުލޫމާތު ދެއެވެ.

މިހަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ ފާއިތުވި ތިން އަހަަރުގެ ތެރޭގައި އެ ކުންފުންޏަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު ފައިދާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ އިތުބާރު ހޯދުންކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި "ފަހެލި" ނަމުގައި ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުން ފެށިގެން ފައިސާ ދެއްކޭނެ ކަން ޔާމިންގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

އިއްޔެ ހިންގި މިހަރަކާތުގައި ހައްޖު ކޯޕަރޭޝަނުން ވަނީ އައިޖީއެމްއެޗްގެ ޖެނެރަލް ވޯޑުތަކުގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ އެންމެންނަށް ޒަމްޒަަމް ފެނުގެ އިތުރުން މޭވާ ތައްޓެއް ވެސް ހަދިޔާ ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *