ރާއްޖޭގެ ޚަބަރު

ޝައިޚް ސަމީރުގެ ދަރުހެއް ހުކުރުދުވަހުގެރޭ

އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމްގެ ދަރުހެއް ހުކުރުދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަރުސް އިންތިޒާމުކުރާ ޕީސް ފައުންޑޭޝަންއިން މައުލޫމާތުދޭ ގޮތުގައި ހުކުރުދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ ރޭގަނޑު 20:45 ގައި ވިލިމާލެ ބޯޅަދަނޑުގައެވެ.

މިފަހަރުގެ ދަރުސްއަކީ ޕީސް ފައުންޑޭޝަންއިން ކުރިއަށްގެންދާ "އެންމެ ބޮޑު ހަތް ފާފަ" ދަރުސް ސިލްސިލާގެ ދަރުހެއްކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިދިޔަ ހުކުރުދުވަހުގެރޭ ޕީސް ފައުންޑޭޝަންއިން ބާއްވަން ހަމަޖެއްސި ޝައިޚް އަބްދުއްސަލާމް ދާއޫދުގެ ދަރުސްވަނީ ވިއްސާރަވުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *