ސައުދީ އަރަބިޔާއަކީ ޓެރަރިސްޓުން އުފައްދާ ޤައުމެއްނޫން ކަމަށާއި އެގައުމު ފާހަގަ ކުރެވެނީ ދުނިޔޭގެ ފެންވަރުގައި، ޓެރަރިޒަމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް ވަކާލާތުކޮށް އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ، އެކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަމުގައި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިޔާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ސަން އަޮންލައިއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ސައުދީ އަރަބިޔާއިން ކިޔަވާ ވިދާޅުވެގެން އައިސް ރާއްޖޭގެ ސަރުކާރާއި އެނޫންވެސް ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އިސްލާމީ ހަރުކަށި އުސޫލުތަކެއް އެއްވެސް ވަރަކަށް ނުފެންނަ ކަމަށެވެ.
ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖަރުމަންވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑީޑަބްލިއު" އަށް ދެއްވި ބަސްދީގަތުމެއްގައިވަނީ ސައުދީ އަރަބިޔާގެ ޔުނިވަސިޓީތަކުގައި ވަރަށް ގިނަ ދިވެހިން ތައުލީމް ހާސިލް ކުރަމުންދާކަމަށާއި ދިވެހިން ޓްރޭނިން ވަނީ ސައުދީންކަމާއި އެއީ ޓެރަރިސްޓުން އުފައްދާ ތަނެއްކަމަށް ވިދާޅުވެފައެވެ.

















ޚިޔާލު