އިސްލާމިކް ޔުނިވަރސިޓީއިން ރާއްޖެއަށް އަލަށް ތަޢާރަފްކުރި "މޭސް ޑިބޭޓިންގ" ގެ ފުރަތަމަ މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުން ތެރިޔަކަށް އައިޔޫއެމްގައި ތައުލީމް ހާސިލްކުރާ ދަރިވަރެއްކަމުގައިވާ މުހައްމަދު ޝަހީދު ހޮވިއްޖެއެވެ.
ނަތީޖާ އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއާއި އައިޔޫއެމްގެ ޗާންސެލަރ ޑރ ޝަހީމްއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އައިޔޫއެމްގެ ދަރިވަރުންގެ މެދުގައި ބޭއްވި މިބަހުސްކުރުމުގެ މުބާރާތުގައި ޖުމްލަ ހަ ޓީމް ބައިވެރިވެފައިވާއިރު، މުޅި މުބާރާތުން އެއްވަނައަށް ދިޔައީވެސް، މުޅި މުބާރާތުން އެންމެ މޮޅު ބަހުސް ކުރުންތެރިޔަކަށް ހޮވުނު މުހައްމަދު ޝަހީދު ހިމެނޭ ޓީމެވެ.
މޭސް ޑިބޭޓިންގއަކީ އަކީ އިލްމީ ހެއްކާ ބުއްދީގެ ބަހުސްތަކުގެ މައްޗަށް ބިނާވެފައި އޮންނަ ބަހުސް ކުރުމުގެ އުސޫލެކެވެ. އާއްމުކޮށް ކުރާ ބަހުސްތަކާ ތަފާތުކޮށް މޭސް ޑިބޭޓިންގައި ދެ ޓީމު ދެޓީމުން ބަހުސްތެރޭ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ފަނޑިޔާރުންނާއި އަޑުއެހުންތެރީންނަށް ވެސް، ބައިވެރިވާ ޓީމުތަކަށް ސުވާލުތައް ކުރިމަތި ކުރެވޭނެއެވެ.

















ޚިޔާލު