ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މަޖްލިސް މެމްބަރ ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް 25 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު އެވެ.
އުނގޫފާރޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒަކީ 1،000 މީހުންގެ ޖާގައިގެ ތަނެކެވެ. މިތަނުގައި ނަމާދުކުރާ ބަޔާއި ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލްގެ އިތުރުން ނުުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބައެއް ވެސް ހުންނާނެ އެެވެ.

















ޚިޔާލު