ރާއްޖޭގެ ޚަބަރު

ކިންގް ސަލްމާން މިސްކިތް އިމާރާތްކުރަން ތުރުކީގެ ކުންފުންޏަކަށް

މާލޭގެ އުތުރު ފަރާތުގައި އިމާރާތްކުރާ ކިންގް ސަލްމާން މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފި އެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިމިސްކިތް އިމާރާތްކުރުމުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏާ ހަވާލުކުރުން އޮތީ އިއްޔެ ހައުސިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.

ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ. އަދި މިމިސްކިތުގެ ބޭރުގައި ނަމާދު ކުރެވޭ ގޮތަށް މާބުލް ޖެހުމުން ޖުމްލަ 10،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިމިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއަކާއި އޮޑީޓޯރިއަމްއަކާއި ކްލާސް ރޫމްތަކުގެ އިތުރުން މަލްޓި ޕާޕަސް ހޯލެއް ހިމެނޭނެއެވެ. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުވެސް މިމިސްކިތަށް ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އާޓިފިޝަލް ބީޗުގެ އުތުރަށް އޮތް ބިމުގައި އިމާރާތްކުރާ މިމިސްކިތް ޓާމެކްސް ކުންފުންޏާއި ހަވާލުކުރީ 500 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *