ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ކުރާ ދެހަރަމް އުމްރާގައު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
ޑިސެމްބަރު މަހު ސްކޫލް ބަންދާ ދިމާކޮށް 15 ދުވަހުގެ އެ އުމްރާ ދަތުރުގައި މަސްޖިދުލް ހަރަމް އަށާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުމުގެ އިތުރުން އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
23965 ރުފިޔާގެ މި ދަތުރުގައި އި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރައްވާއިރު ފޯމާ އެކު މަދުވެގެން 1000 ރުފިޔާ ދައްކަން ޖެހޭނެއެވެ. ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ގްރޫޕެއް ރަޖިސްޓްރީކުރާނަމަ ހާއްސަ ޑިސްކައުންޓެއް ލިބޭއިރު ކުޑަކުދިންނަށް ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
އުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ފޯމް ފުރުމަށްފަހު ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެވޭއިރު، ޑިސެމްބަރު އުމްރާއަށް ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

















ޚިޔާލު